ads
ރައީސް ޑރ މުޢިއްޒު، އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
އެސްޓޯނިއާ ދަތުރަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި
ރިޕަބްލިކް އޮފް އެސްޓޯނިއާގެ ރައީސް، ޑރ އަލާރް ކަރިސްގެ ދައުވަތަކަށް އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ.
Advertisement

މީ ރާއްޖޭގެ ރައީސަކު އެ ޤައުމަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރައީސް ޑރ މުއިއްޒާއި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށް އެސްޓޯނިއާއިން މަރުހަބާ ދެންނެވީ އެ ޤައުމުގެ ރައީސްއެވެ. މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ އެސްޓޯނިއާގެ ރިޔާސީ ގަނޑުވަރުގައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ މުއިއްޒާއި އެސްޓޯނިއާގެ ރައީސް ޑރ ކަރިސް ވަނީ، އެ ދެބޭފުޅުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. މިދަތުރުފުޅުގައި ދެ ޤައުމުގެ ލީޑަރުން ވަނީ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

your imageރައީސް ޑރ މުޢިއްޒު، އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން 

ރައީސްގެ މި ދަތުރުފުޅުގައި، އެސްޓޯނިއާގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ވަޒީރުންނާއި، ޓާރްޓޫގެ މޭޔަރާއި، ތަޢުލީމީ ދާއިރާގެ މަންދޫބުންނާއި، ފާހަގަކޮށްލެވޭ އެހެނިހެން މުއައްސަސާތަކުގެ އިސްވެރިންނާ އެކު ވަނީ ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައި ވަނީ ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތައް ދެނެގަތުމުގެ މައްޗަށެވެ.

 އެސްޓޯނިއާގެ ސަރުކާރާއި އެޤައުމުގެ މުއައްސަސާތަކުން ވަނީ ރާއްޖެއަށް އެއްބާރުލުން ދީ، ރާއްޖެއާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. މި ދަތުރުފުޅުގައި، ތިން ފަހުމުނާމާއެއްގައި ވަނީ ސޮއިކުރައްވާފައެވެ.

މި ދަތުރުގައި ސޮއިކުރި އެއްބަސްވުންތައް

ދިވެހި ސަރުކާރާއި އެސްޓޯނިއާގެ ސަރުކާރާ ދެމެދު މަޢުލޫމާތު ބަދަލުކުރުމާއި މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް އެކުލަވާލި އެއްބަސްވުން 

ދެޤައުމުގެ މެދުގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފެށުމަށް އެކުލަވާލީ އެއްބަސްވުން.

ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒްއާ ދެމެދު އެކުލަވާލި އެއްބަސްވުން 

your imageރާއްޖެއާއި އެސްޓޯނިއާ ސަރުކާރާއި ދެގައިުމުގެ ދެމެދުގައި ޕޮލިޓިކަލް ކޮންސަލްޓޭސަންގެ އެއްބަސްވުމުގައި ސޮއިކުރުން 

ރައީސް މި ދަތުރުފުޅުގައި، އެސްޓޯނިއާގެ މުހިންމު އަދި ޘަޤާފީ ގިނަ ތަންތަނަށް ޒިޔާރަތްކުރެއްވިއެވެ. އޭގެ ތެރޭގައި އީ-އެސްޓޯނިއާ ބްރީފިންގް ސެންޓާ، ޕޯކޯ ޕޮޕް އެންޑު ކޮންޓެމްޕޮރަރީ އާޓް މިއުޒިއަމް، ޓާރްޓޫ ޓައުން ހޯލް، ޔުނިވާސިޓީ އޮފް ޓާރްޓޫ، އެސްޓޯނިއާ ބަޔޯބޭންކް، އެސްޓޯނިއަން ނޭޝަނަލް މިއުޒިއަމް (އީ.އާރު.އެމް) އަދި ގްރީނާޖީ ޑޭޓާ ސެންޓާރސް (ޖީ.ޑީ.ސީ.) އަށް ކުރެއްވި ޒިޔާރަތް ހިމެނެއެވެ. މި ތަންތަނަށް ރައީސް ކުރެއްވި ޒިޔާރަތްތަކުގައި، މުއައްސަސާތަކުގެ މަންދޫބުން ވަނީ އެ އިދާރާތަކުގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވައި، ދޭދޭ ގުޅުންތައް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

your imageރައީސް ޑރ. މުއިއްޒު، އެސްޓޯނިއާގެ ނޭޝަނަލް މިއުޒިއަމްއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން 

ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށް، މި ދަތުރުފުޅުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ވަނީ ލިބިފައެވެ. މޫސުމީ ނޭދެވޭ ބަދަލުތަކުގެ ވިލުންތެރިކަމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ވަނީ ލިބިފައިވާކަމަށް ރައީސް އޮފީހުން ބުނެެއެވެ. މީގެއިތުރުން ރައީސް މިދަތުރުފުޅުގައި، މަލްޓިލޭޓަރަލް ޕްލެޓްފޯމްތަކުގައި ދެޤައުމުގެ މެދުގައި ފައިދާހުރި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އަޒުމް އިތުރަށް ހަރުދަނާކުރެވުނުކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. 

ރައީސް ޑރ މުއިއްޒުގެ ވެރިކަމުގައި، ރާއްޖެ ޑިޖިޓަލައިޒްކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދީ، ބައިނަލްއަޤްވާމީ ގުޅުންތައް ޤާއިމުކުރައްވައި، ގުޅުންތައް ބަދަހި ކުރެއްވުމަށް ގެންދަވަނީ ހާއްސަ އިސްކަމެއް ދެއްވަމުންކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް