ރައީސް މިހެން ވިދާޅުވީ އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށެވެ. އަދި އެ ގައުމާއެކު ސޮއިކުރި ތިން އެއްބަސްވުމުގެ ތެރޭގައި ޑިޖިޓަލައިޒޭޝަން ހިމެނޭކަން ފާހަގަކުރައްވަމުން ރައީސްް ވިދާޅުވީ ސަރުލާރުން ދޭ ހުރިހާ ހިދުމަތެއް މި ދައުރުގެ ތެރޭގައި ޑިޖިޓަލައިޒް ކުރައްވާނެކަމަށެވެ.
ސަރުކާރުން ދޭ ހުރިހާ ހިދުމަތްތައް ޑިޖިޓަލައިޒްކުރާއިރު އެންމެ ފުރަތަމަ އިސްކަންދޭނީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން އެސްޓޯނިއާގެ އެ ދެ ދާއިރާގެ މިނިސްޓަރުންނާ ބައްދަލުކުރެއްވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށް، މި ދަތުރުފުޅުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ވަނީ ލިބިފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މޫސުމީ ނޭދެވޭ ބަދަލުތަކުގެ ވިލުންތެރިކަމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ވަނީ ލިބިފައިވާކަމަށް ރައީސް އޮފީހުން ބުނެެއެވެ. މީގެއިތުރުން ރައީސް މިދަތުރުފުޅުގައި، މަލްޓިލޭޓަރަލް ޕްލެޓްފޯމްތަކުގައި ދެޤައުމުގެ މެދުގައި ފައިދާހުރި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އަޒުމް އިތުރަށް ހަރުދަނާކުރެވުނުކަމަށްވެސް ރައީސް އޮފީހުން ބުނެ
ރައީސް މުއިއްޒު އެސްޓީނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ.