ads
އަމަދު ޑިއާލޯ
އަމަދުގެ ހެޓްރިކާއެކު ޔުނައިޓެޑަށް ސަޅި މޮޅެއް
އިގިރޭސި ޕްރިމިއާ ލީގުގައި ފަހު 12 މިނިޓް ތެރޭ ޒުވާން ފޯވާޑް އަމަދު ޑިއާލޯ ހެދި ހެޓްރިކާއެކު، ފަހަތުން އަރައި ސައުތެމްޓަމް އަތުން މޮޅުވެއްޖެއެވެ.
Advertisement

ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑު ކޮޅަށް ވަތް ލަނޑަކީ ޔުނައިޓެޑުގެ އުގާޓޭ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. 

ލީގުގެ އެންމެ ފުލުގައި އޮތް ސައުތެމްޓަނުން ރޭގެ މެޗުގެ 82 ވަނަ މިނިޓާ ހަމައަށް ލީޑުގައި އޮތީ މި ލަނޑާއެކުއެވެ. ޔުނައިޓެޑުން އެއްވަރު ކުރީ 82 ވަނަ މިނިޓްގައި އަމަދު ޖެހި ލަނޑުންނެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ދެވަނަ ލަނޑެއްގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީވެސް އަމަދުއެވެ. އަދި އިތުރު ވަގުތުގެ ތެރޭގައި އަމަދުވަނީ ތިންވަނަ ލަނޑެއް ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި މެޗުން ހޯދި މޮޅާ އެކު، ޔުނައިޓެޑުން 12 ވަނައިގައި އޮތީ 21 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް