ރިއާލް، ސްޕެނިޝް ކަޕްގެ ކުއާޓާ ފައިނަލަށް ދިޔައީ، ރޭ ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެގެންނެވެ. މި މެޗުން ރިއާލް މޮޅުވީ ފަސް ލަނޑު ދެ ލަނޑުންނެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާތީ މެޗުގެ ނަތީޖާ ނެރުމަށްވަނީ އިތުރު ވަގުތު ކުޅެފަ އެވެ.
އިތުރު ވަގުތުގެ ކުޅުމުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި އެންޑްރިކް ވަނީ ލަނޑެއް ޖަހާފަ އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ފެޑެރީކޯ ވަލްވާޑް ލަނޑެއް ޖަހާފައިވަނިކޮށް މެޗުގެ އިތުރު ވަގުތުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް އެންޑްރިކް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-3 އަށް ބަދަލުކޮށްފަ އެވެ.