ބަންގްލަދޭޝް ފެޑެރޭޝަނުން ކަބްރޭރާގެ ކޮންޓްރެކްޓް އާކޮށްފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށެވެ. 2022 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްއަށް ކޯޗުކޮށްދެމުން އަންނަ ކަބްރޭރާވަނީ އެންމެ ފަހުން އޮތް ސާފް ޗެމްޕިއަންޝިޕްގެ ސެމީއަށް އެ ގައުމު ގެންގޮސްދީފައެވެ.
އަދި އޭގެ އިތުރުން 2003 ވަނަ އަހަރުގެ ފަހުން ރާއްޖެ އަތުން ބަންގްލަދޭޝްއަށް ސާފް ޗެމްޕިއަންޝިޕްގައި ލިބުނު ފުރަތަމަ މޮޅުވެސް ހޯދައިދިނީ ކަބްރޭރާގެ އިރުޝާދުގެ ދަށުން، 2023 ވަނަ އަހަރު އިންޑިޔާގައި އޮތް ސާފް ޗެމްޕިއަންޝިޕްގައެވެ.