ads
ހާލަންޑް
ދިގު މުއްދަތަކަށް ސިޓީގަ މަޑުކުރަން ހާލަންޑް އެއްބަސްވެއްޖެ
މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިންގް ހާލަންޑް އެ ކްލަބާއެކު ދިގު މުއްދަތަކަށް އާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

ހާލަންޑްގެ އާ ކޮންޓްރެކްޓާއެކު، 2034 ވަނަ އަހަރާ ހަމައަށް ސިޓީގައި އޭނާ ހުންނާނެއެވެ. ޑޯޓްމަންޑުން 2022 ވަނަ އަހަރު ސިޓީއާ ގުޅުނު ނޯވޭގެ ކުޅުންތެރިޔާ ވަނީ އެ ކްލަބަށް ކުޅުނު 126 މެޗުގައި މިހާތަނަށް 111 ގޯލް ކާމިޔާބުކޮށްދީފައެވެ.

ފޯވާޑްގެ ކުރީގެ އެއްބަސްވުމުގައި ރިލީޒް ކްލޯޒް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނާއިރު، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2027 ވަނަ އަހަރު އެވެ. ހާލަންޑްގެ އާ އެއްބަސްވުމުގައި ނުވަ އަހަރާއި ބައި ފަހުން ސިޓީގެ މުއްދަތު ހަމަވާންދެން ފޯވާޑް ސިޓީގައި މަޑުކުރާނަމަ 34 ވަނަ އުފަންދުވަހާ ހަމައަށް އޭނާ ހުންނާނީ ސިޓީގެ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ހާލަންޑްގެ އެއްބަސްވުމުގެ މުއްދަތަކީ ޕްރިމިއާ ލީގުގައި އެންމެ ދިގު މުއްދަތަކަށް ކުޅުންތެރިޔަކު ސޮއި ކުރި މުއްދަތެވެ. މީގެ ކުރިން އެ ރިކޯޑް އޮތީ މިދިޔަ އޮގަސްޓް މަހު ކޯލް ޕާމާ ޗެލްސީއާ އެކު ސޮއިކުރި ނުވަ އަހަރުގެ އެއްބަސްވުމާއެކު ޕާމާ އަތުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް