މެދު ރާއްޖެތެރެއަށް ކަނޑުތައް ގަދަވާނެ
ގުފްތަގް އަޖީރު
17 ޖެނުއަރީ 2025 - 18:35:04
މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން މިއަދު އިންޒާރު ދީފިއެވެ.
މިގޮތުން ށ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވައިޓް އެލާޓެއް ނެރެފައިވެއެވެ.
މެޓް އޮފީހުން ބުނީ މިއަދު މެންދުރު 14:30 އިން ފެށިގެން ރޭގަނޑު 20:00 އާ ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި މި ސަރަހައްދުގެ ކަނޑުތައް ގަދަވެ، ރާޅުގެ އުސްމިން 5-7 ފޫޓުގައި ހުންނާނެ ކަމަށްވެސް ބުންޏެވެ.
މީގެއިތުރުން މުޅި ރާއްޖެއަށް ވިއްސާރަވެރި މޫސުމެއް ކުރިމަތިވާނެ ކަމަށް ލަފާކޮށްފައިވެއެވެ. ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން އިންޒާރު ދީފައިވާއިރު، ކަނޑުދަތުރުކުރާ ފަރާތްތަކަށް ސަމާލުވުމަށް އިރުޝާދު ދީފައިވެއެވެ.
- ގަޑިއަކު 24 މޭލާ ހަމައަށް ވައިގަދަވާނެ
- ރާޅުގެ އުސްމިން 7 ފޫޓާ ހަމައަށް ދާނެ
- ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ
- މުޅި ރާއްޖެއަށް ވިއްސާރަވެރި މޫސުމެއް ކުރިމަތިވާނެ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް