މިގޮތަށް ސުވާލު އުފެދުނީ މަޝްހޫރު ތަރި ސައިފް އަލީ ހާނުގެ ގެއަށް ވަގަކޔ ވަދެ، އޭނާއަށް ހަމަލާ ދިނުމާ ގުޅިގެންނެވެ.
މުމްބާއީގެ ބަންޑްރާގައި ހުންނަ ސައިފް އަލީ ހާނުގެ ގެއަށް ވަގަކު ވަދެ ހަމަލާދިން މައްސަލައާ ގުޅިގެން ގިނަ ބޮލިވުޑް ތަރިންނާއި ސިޔާސީ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ ތެރޭގައި ޕޫޖާ ބަޓް، ރަވީނާ ޓަންޑަން އަދި ޖޫނިއާ އެންޓީއާރު ހިމެނެއެވެ. އަދި ޕްރިޔަންކާ ޗަޓަރުޖީ އާއި އަރުވިންދު ކެޖްރިވާލްވެސް ވަނީ ސަރުކާރުގެ ގާނޫނީ ހަމަޖެހުން ދަށްވަމުންދާ ކަމަށް ބުނެ ފާޑުކިޔާފައެވެ.
ސަލްމާން ކާނަށް ލޯރެންސް ބިޝްނޯއީ ގޭންގުން ދެމުންދާ އިންޒާރުތަކާ ގުޅިގެން އޭނާގެ ގޭގެ ބެލްކަނީގައި ވަނީ ބުލެޓްޕްރޫފް ބިއްލޫރި ވެސް ޖަހާފައެވެ. އަދި ގޭ ވަށައިގެން ފުލުހުންގެ ހާއްސަ ސަމާލުކަމެއް ދެމުން ގެންދެއެވެ.
މި ހާދިސާތަކާ ގުޅިގެން ސެލެބްރިޓީން ދިރިއުޅޭ ސަރަހައްދުތަކުގައި ފުލުހުންގެ އިތުރުކުރުމަށާއި، އަމިއްލަ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކާއި ފުލުހުންނާ ދެމެދު ގުޅުން ބަދަހިކުރުމަށް ގޮވާލާފައިވެއެވެ. އަދި ސެލެބްރިޓީންގެ ގެތަކުގެ ސަލާމަތީ ކަންކަން އަލުން މުރާޖަޢާކުރުމަށްވެސް ވަނީ ގޮވާލާފައެވެ.