ads
ދާންދޫގައި ފެން ބޮޑުވެގެން ސިފައިން އެހީތެރިވަނީ
ގއ. ދާންދޫއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެއްޖެ
ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ތެރޭގައި ގއ. ދާންދޫއަށް މިއަދު ހެނދުނު ބޯކޮށް ވާރޭވެހި، ރަށުގެ އެކި ސަރަހައްދުތަކަށް ފެން ބޮޑުވެއްޖެއެވެ.
Advertisement

އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި މިއަދު ހެނދުނު 9:00 އާއި ހިސާބުގައި ފެންބޮޑުވިކަމުގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ގދ. ތިނަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ވަނީ އެރަށަށް ފޮނުވާފައެވެ. އަދި މެންދުރު 12:00 އާއި ހިސާބުގައި ފެންބޮޑުވެފައިވާ ސަރަހައްދުތައް ވަނީ އާންމު ހާލަތަށް ގެނެވިފައެވެ.

ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން އިތުރަށް ފެންބޮޑުވިޔަ ނުދިނުމަށް ވެލިބަސްތާ ޖެހުމަށް ޓަކައި ދާންދޫ ކައުންސިލާ 200 ގޯނި ވަނީ ހަވާލުކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މި ވިއްސާރައަކީ ބޭ އޮފް ބެންގާލްގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެއާ ކައިރިވުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.

  • އެމްއެންޑީއެފްގެ ސިފައިން ފެން ހިންދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި
  • ފެންބޮޑުވި ސަރަހައްދުތައް މެންދުރު 12:00 އާއި ހިސާބުގައި އާންމު ހާލަތަށް ގެނެވުނު
  • ދާންދޫ ކައުންސިލާ 200 ވެލިގޯނި ހަވާލުކުރެވުނު
  • ކުރިއަށް އޮތް 24 ގަޑިއިރު އިތުރަށް ވިއްސާރަވުން އެކަށީގެންވޭ
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް