މިއީ ބުރޫނާއީ ސަރުކާރުގެ "ބުރޫނާއި ގަވަރމެންޓް ސްކޮލަރޝިޕް ޕްރޮގްރާމް" ގެ ދަށުން ދިވެހިންނަށް ލިބޭ ފުރުސަތެކެވެ.
މިނިސްޓްރީން ބުނީ މި ސްކޮލަރޝިޕްގެ ދަށުން ޑިޕްލޮމާ، ޑިގްރީ އަދި މާސްޓާސް ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ކޮންމެ ދަރިވަރަކަށްވެސް ހުށަހެޅޭނީ ފުލްޓައިމް އެއް ޕްރޮގްރާމް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި ސްކޮލަރޝިޕްގެ ދަށުން ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީއާއި، ދިރިއުޅުމުގެ ހަރަދާއި، މެޑިކަލް އިންޝުއަރެންސް ހަމަޖައްސައިދޭނެއެވެ. ސްކޮލަރޝިޕަށް ކުރިމަތިލާ ދަރިވަރުން ހޮވުމުގެ މަސައްކަތް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ.
ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުން އެމް.ކިއު.އޭ އިން ގަބޫލުކުރާ ޔުނިވަރސިޓީއަކާއި ޕްރޮގްރާމެއްތޯ ބެލުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ. އަދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ވަނަ އަހަރުގެ ފެބުރުއަރީ 15 ވާ ހޮނިހިރު ދުވަހުގެ ބުރޫނާއި ގަޑިން 16:00 ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.