އިނގިރޭސި ވިލާތުގެ ވަލީއަހުދު، ވިލިއަމްގެ އަނބިކަނބަލުން، ޕްރިންސެސް އޮފް ވޭލްސް، ކެތަރިން، އަށް ދެވުނު ކެންސަރު ފަރުވާ ކާމިޔާބުވެ، ބަލިން ރަނގަޅުވެއްޖެކަމަށް އިއުލާންކޮށްފިއެވެ.

Advertisement
މި އުފާވެރި ހަބަރު އިއުލާންކުރީ ލަންޑަންގެ ރޯޔަލް މާސްޑެން ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުމަށްފަހުއެވެ.
ކެތަރިން ވިދާޅުވި ގޮތުގައި މިއީ އޭނާގެ ދިރިއުޅުމުގައި ވަރަށް އުފާވެރި ވަގުތެކެވެ. އަދި ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށްފަހު "އާ ނޯމަލް" އަކަށް އަހުލުވެރިވަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ. އޭނާއަށް ފަރުވާދިން މެޑިކަލް ޓީމަށް ޝުކުރު އަދާކުރެއްވިއެވެ.
މިދިޔަ އަހަރުގެ މާރިޗު މަހު ކެންސަރު ބަލި ޖެހުނުކަން އާންމުކޮށް އިއުލާންކުރެއްވި ފަހުން، ސެޕްޓެމްބަރު މަހާ ހަމައަށް ކީމޯތެރަޕީގެ ފަރުވާ ހޯއްދެވިއެވެ. އަދި މިހާރު ބަލިން ރަނގަޅުވެފައިވާކަން އިއުލާންކުރެއްވުމާއެކު، އެހެން ބަލިމީހުންނަށް ހިތްވަރުދެއްވުމަށް ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވިއެވެ.
- ރޯޔަލް މާސްޑެން ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވި
- މާރިޗު 2024 އިން ސެޕްޓެމްބަރު 2024 އަށް ކީމޯތެރަޕީގެ ފަރުވާ ލިބިވަޑައިގަތް
- މެޑިކަލް ޓީމަށް ޝުކުރު އަދާކުރެއްވި
- އެހެން ބަލިމީހުންނަށް ހިތްވަރުދެއްވުމަށް ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވި