ads
ތިމަރަފުށީ ބައެއް ކުޅުންތެރިން
ފުޓްސަލްގެ ރަސްގެފާނު، ތިންތަރި ޖެހި ތިމަރަފުށި ތިން މެޗުން މޮޅުވެ ސެމީއަށް
ދިވެހި ފުޓްސަލްގެ ރަސްގެފާނު، ތިންތަރި ޖެހި ތިމަރަފުށިން، ގޯލްޑަން ފުޓްސަލްގައި މި އަހަރު ކުޅުނު ތިންވަނަ މެޗުވެސް ފަސޭހަ ކަމާއެކު ކާމިޔާބުކޮށް، އަތޮޅު ސެމީން ފުރުސަތު ހޯދައިފިއެވެ.
Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ތ. ތިމަރަފުށިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ތިން ވަނަ މެޗުން މޮޅުވީ ތ. ވިލުފުށި އަތުންނެވެ. މި މެޗުން ތިމަރަފުށި މޮޅުވީ ހަ ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

ތ. އަތޮޅުގެ ގްރޫޕް އޭގެ އެއް ވަނައިގައި ތިމަރަފުށި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ހަތަރު މެޗުން ހަ ޕޮއިންޓް ހޯދި ވިލުފުށްޓެވެ. ތިން ވަނައިގައި އޮތީ، އޮމަދޫ އެވެ. އެ ޓީމަށް ތިން މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް ކިނބިދޫ އަށް ވެސް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ދިޔަމިގިއްޔަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ތ. އަތޮޅު ގްރޫޕް ބީގައި ހިރިލަންދޫން ގްރޫޕް ނިންމާލީ ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓާ އެކު އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓް ލިބުނު ބުރުނި އެވެ. ތިން ވަނައިގައި އޮތީ ވޭމަންޑޫ އެވެ. ގްރޫޕްގެ ފުލުގައި އޮތީ ކަނޑޫދޫ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް