ads
ކްވަރަޝްކޭލިއާ ޕީއެސްޖީއަށް ސޮއިކޮށްފި
ކްވަރަޝްކޭލިއާ ޕީއެސްޖީއަށް ސޮއިކޮށްފި
އިނގިރޭސި ކްލަބްތައް ފާރަލަމުން ދިޔަ ނަޕޯލީ އަށް ކުޅޭ ޖޯޖިއާގެ ތަރި، ކްވިޗާ ކްވަރަޝްކޭލިއާ ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީ އަށް ސޮއިކޮށްފިއެވެ.
Advertisement

ކްވަރަޝްކޭލިއާ ޕީއެސްޖީއަށް ސޮއިކުރީ، 72 މިލިއަން ޑޮލަރުގެ ފީއަކަށެވެ. އޭގެ އިތުރުން ބޯނަސް، އަދި ސައިނިންގ ފީ ކްވަރަޝްކޭލިއާއަށް ލިބޭނެއެވެ. އޭނާ ޕީއެސްޖީއަށް ސޮއިކޮށްފައިވަނީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. މި ކޮންޓްރެކްޓްގެ ދަށުން، 2029 ވަނަ އަހަރާއި ހަމައަށް ޕީއެސްޖީގައި ކްވަރަޝްކޭލިއާ ހުންނާނެއެވެ. ކްވަރަޝްކޭލިއާ، ޕީއެސްޖީގައި ބޭނުން ކުރާނީ ހަތް ނަންބަރު ޖޯޒީއެވެ.

ކްވަރަޝްކޭލިއާވަނީ ޕީއެސްޖީއަށް ސޮއިކޮށް، މިހާރު އެ ކްލަބުގެ ޕްރެކްޓިހުގައިވެސް ބައިވެރިވާން ފަށައިފައެވެ. ކްވަރަޝްކޭލިއާ ވެގެންދާނީ ޕީއެސްޖީއަށް ސޮއިކުރި ޖޯޖިއާގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. ޖޯޖިއާގެ ޑިނަމޯ ބަޓޫމީ ދޫކޮށް 10 މިލިއަން ޑޮލަރުގެ އަގަކަށް 2022 ވަނަ އަހަރުގެ ޖުލައި މަހު ނަޕޯލީ އަށް ބަދަލުވި ކްވަރަޝްކޭލިއާގެ ޑިމާންޑް ބޮޑުވުމާ ގުޅިގެން، އޭގެ ޖެހިގެން އައި އަހަރު، ނަޕޯލީގެ ރައީސް އައުރޭލިއަން ޑީ ލައުރެންޓީސް ވިދާޅުވި 100 މިލިއަން ޑޮލަރަށް ވެސް ނުވިއްކާނެ ކަމަށެވެ. އެކަމަކު، ނަޕޯލީން މި ފަހަރު ކްވްރަޝްކޭލިއާ އެ ދޫކޮށްލީ އޭނާ ކްލަބްގައި އެ ގޮތަށް އެދިގެންނެވެ. ނަޕޯލީއަށް ކްވަރަޝްކޭލިއާ ކުޅުނު، 107 މެޗުގައި 30 ލަނޑު ޖަހައި 29 އެސިސްޓް ހަދާފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، މެޑިކަލްވެސް ނިންމައި މިހާރު ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާ ކްވަރަޝްކޭލިއާ ޕީއެސްޖީން މި ހަފްތާގައި ޗެމްޕިއަންސް ލީގުގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅުމަކީ އެކަށީގެންވާ ކަމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް