މޭޔަރު އާޒިމް ވިދާޅުވީ ސަރުކާރާ ހަވާލުވެ އަހަރެއް ވެގެން ދިޔައިރުވެސް ރައްޔިތުންނަށް ކަނޑަމުންދަނީ ހުސް ފޮނިކަމަށެވެ. އަދި ރައްޔިތުންނަށް ފައިދާހުރި އެއްވެސް މަސައްކަތެއް މި ސަރުކާރުން ނުކުރާކަމަށް ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ގޯތިތަކާއި ފްލެޓްތައް މި ސަރުކާރުން ހިފަހައްޓަމުންދާކަމަށް ފާހަގަކުރައްވަމުން މޭޔަރު އާޒިމް ވިދާޅުވީ މިކަން ހައްލުކުރެވޭނީ ރައްޔިތުން މަގުމައްޗަށް ނުކުމެ އަޑުއުފުލައިގެން ކަމަށެވެ. އެގޮތުން މި މަހުގެ 31 ވަނަ ދުވަހު އެމްޑީޕީން ބާއްވާ ހިނގާލުމުގައި ބައިވެރިވުމަށް ގޮވާލެއްވިއެވެ.