މިކަމަށްޓަކައި ރެފްކޫލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން 18000 ބީޓީޔޫގެ 22 އޭސީ ގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އޭސީތައް 12 ދުވަހުގެ ތެރޭގައި ކައުންސިލަށް ފޯރުކޮށްދޭން ޖެހޭނެއެވެ. އޭސީތަކަށް 12 މަސްދުވަހުގެ ވޮރަންޓީއެއް ލިބޭނެއެވެ.
ސްކޫލްގެ ކަރަންޓް ވިއުގަ އޭސީ ކުރެވޭ ގޮތަށް ނެތުމުން، ކަރަންޓް ނެޓްވޯކް އެޅުމުގެ މަސައްކަތް ވަނީ ފިޔޯރީ ފެނަކައިގެ އެހީތެރިކަމާއެކު ނިންމާފައެވެ. މި މަސައްކަތަށް ބޭނުންވާ ތަކެތި ކައުންސިލުން ވަނީ ހޯދައިދީފައެވެ.
ކައުންސިލުން ބުނާ ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ލަފާކުރެވެނީ މާޗު މަހުގެ ނިޔަލަށެވެ. އަދި މި މަޝްރޫއަށް ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތާއީދެއް ލިބިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.