
މިއީ 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތުގެ މުހިންމު ބައެކެވެ.
މިކަމާ ގުޅޭ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ ސަރުކާރުން މިހާރު ދަނީ ޑިޖިޓަލް ޓްރާންސްފޯމޭޝަން ރޯޑްމެޕް ސްޓްރެޓަޖީ އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ޔުނެސްކޯގެ އޭ.އައި ރެޑިނަސް ޓޫލްސް ބޭނުންކޮށްގެން، އޭ.އައި ރެޑިނަސް އެސެސްމަންޓެއް ހަދައި، ގައުމީ އޭ.އައި މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އޭނާ ބުންޏެވެ.
ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށްޓަކައި ރާއްޖެއިން ވަނީ އެސްޓޯނިއާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް، ސްމާޓް ޓެކްނޮލޮޖީސް އަދި ސައިބާ ސެކިއުރިޓީގެ ދާއިރާއިން ދެ ގައުމުން އެއްބާރުލުން ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
- 2030 ގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ 30 ޕަސަންޓު ހިއްސާކުރާނީ ޑިޖިޓަލް އިގްތިސާދުން
- ޑިޖިޓަލް ޓްރާންސްފޯމޭޝަން ރޯޑްމެޕް ސްޓްރެޓަޖީ އެކުލަވާލަމުންދޭ
- ގައުމީ އޭ.އައި މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދޭ
- އެސްޓޯނިއާއާއެކު ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
- 2040 އާ ހަމައަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް މަސައްކަތްކުރޭ