މުންބާއީގައި ހުރި އެމީހުންގެ އެޕާޓްމަންޓަށް ވަދެ، އެއްވެސް އަގުހުރި އެއްޗެއް ވަގަށް ނުނަގައި، ސައިފް އަލީ ހާން އަށް 6 ފަހަރު ވަޅިން ހަމަލާދިން ކަމަށް ކަރީނާ ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާ ހިނގި ވަގުތު އެޕާޓްމަންޓްގައި ތިބި އަންހެނުންނާއި ކުޑަކުދިން ރައްކާތެރިކަމަށްޓަކައި 12 ވަނަ ފަންގިފިލާއަށް ގެންދެވުނު ކަމަށް ކަރީނާ ބުންޏެވެ. އަދި މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކަރީނާ ކަޕޫރު އަކީ ފުލުހުންގެ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކަށް އެހީތެރިވަމުން އަންނަ ތަރިއެކެވެ. އޭގެ ތެރޭގައި ކޮވިޑް-19 އާ ގުޅޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެހެނިހެން ހޭލުންތެރިކަމުގެ މެސެޖްތައް ހިމެނެއެވެ.