ads
ރާއްޖެއިން އަލަށް ފެނުނު ރަކި ބުރެކި
މީ "ރަކި ބުރަކި" ރާއްޖެއިން އަލަށް ފެނުނު ސޮރެއް
ދުނިޔެ އިން މިހާތަނަށް ރިކޯޑު ކުރެވިފައި ނުވާ ބާވަތެއްގެ އާ މަހެއް ރާއްޖެ އިން އަނެއްކާވެސް ފެނިއްޖެއެވެ.
Advertisement

މި މަސް ފެނިފައިވަނީ މިއީ ބޭރުގެ ސައިންޓިސްޓުންނާއި ރާއްޖޭގެ މެރިން ރިސާޗު ސެންޓަރު ރިސާޗް ޓީމަކުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންނެވެ. ރޮލެކްސްގެ ޕާޕެޓުއަލް ޕްލެނެޓް އިނީޝިއޭޓިވްގެ ދަށުން ލިބުނު ފަންޑާއެކު މި ޓީމުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިއީ އެ ޓީމުން ހޯދި އާ ދެވަނަ މަހެވެ.

އަލަށް ފެނުނު މި މަސް ފެނިފައިވަނީ އއ. އަތޮޅުގެ އުތުރުން ފެށިގެން ފ. އަތޮޅުގެ ދެކުނުގެ ސަރަަހައްދުންނެވެ. އަދީ މީ ހަމައެކަނި ރާއްޖެއިން ފެނިފައިވާ މަހެއްކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މަސް ފެނުނީ ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުން ފަރުމަތީ ސަރަަހައްދުންނެވެ. އެއީ 100 އާއި 125 މީޓަރާ ދެމެދުގެ ފުން ހިސާބެކެވެ.

ގާތްގަޑަކަށް  2-3 އިންޗި އަށް ބޮޑުވާ މި މަހަށް ދީފައިވާ ސައިންޓިފިކް ނަމަކީ "ޕްލެކްޓްރަންތިއަސް ރަކި" އެވެ. މިމަހަށް ރަކި މި ނަން ދީފައިވަނީ މީހުން ފެނުމުން ވަރަށް އަވަހަށް ފިލާ މަހަކަށްވުމުން އެކަން ކުރަނީ ރަކިވެގެން ކަމަށް ބަލާފައިކަމަށެވެ. މި އާއިލާއަށް ނިސްބަތްވާ މަހުގެ ދިރުންތަކަކީ އިންސާނުންނަށް އެއްވެސް ގެއްލުމެއް ދޭ މަހެއް ނޫނެވެ.

ދުނިޔެއިން މިހާތަނަށް ފެނިފައިނުވާ މަހެއް މިދިޔަ މަހުވެސް ރާއްޖޭގެ ކަނދުގެ ސަރަހައްދުން ވަނީ ފެނިފައެވެ. އެ މަހަށް ދިނީ "ކްރޯމިސް އަބަދަށް" މި ނަމަވެެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް