މި ފައިސާގެ ތެރޭގައި އަނބިދަރިންގެ ހަރަދާއި، އިއްދައިގެ ހަރަދާއި، ވިހެއުމުގެ ހަރަދު އަދި ކައިވެނީގެ ރަނުގެ ހަރަދު ހިމެނެއެވެ.
މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެކި މައްސަލަތަކާ ގުޅިގެން 46.8 މިލިއަން ރުފިޔާ ކޯޓަށް ބަލައިގަނެފައިވެއެވެ. އަދި 2023 ވަނަ އަހަރު ރައްދު ނުކުރެވި ހުރި ފައިސާއާއެކު 47.5 މިލިއަން ރުފިޔާ ރައްދުކޮށްދީފައިވެއެވެ.
ފެމިލީ ކޯޓުގެ އެހެނިހެން މަސައްކަތްތަކަށް ބަލާއިރު، އާއިލީ މައްސަލަތައް ހައްލުކުރުމާ ބެހޭ ބަޔަށް ހުށަހެޅުނު 227 މައްސަލައިގެ ތެރެއިން 119 މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދައިދީފައިވެއެވެ. މީގެ އިތުރުން ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކުރުމަށާއި ވަރިވެފައިވާ ދެމަފިރިންގެ ދަރިން ބެލުމާ ގުޅޭގޮތުން 6 އެއްބަސްވުން ލިޔުމުން ހެދިފައިވެއެވެ.