ads
ސައިފްއަށް ހަމަލާ ދިން މީހާ އަދި ސައިފް
ސައިފް އަލީ ހާނަށް ހަމަލާދިން މައްސަލާގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ބޮލިވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ކާނަށް ހަމަލާދިން މައްސަލާގައި ބަންގްލަދޭޝްގެ 30 އަހަރުގެ މީހަކު މުންބާއީ ފުލުހުން ހައްޔަރުކޮށްފިއެވެ.
Advertisement

މުހައްމަދު ޝަރީފުލް އިސްލާމް ޝެހްޒާދް ކަމަށް ކިޔާ މި މީހާ ވިޖޭ ދާސް ގެ ނަމުގައި މުންބާއީގައި ގާތްގަނޑަކަށް 5-6 މަސް ދުވަހުގެ ދިރިއުޅެފައިވެއެވެ. 

ޖެނުއަރީ 16 ވަނަ ދުވަހުގެ ފަތިހު ސައިފްގެ ބަންދްރާގައި ހުރި ގެއަށް ވަދެ، ވައްކަން ކުރުމުގެ މަގުސަދުގައި ހަމަލާދިން މި މީހާ ވަނީ ސައިފް އަލީ ކާނަށް ތޫނު އެއްޗަކުން ގިނަ ހަމަލާތަކެއް ދީފައެވެ. 70 ގަޑިއިރުގެ ހޯދުމަކަށްފަހު ޝެހްޒާދް ހައްޔަރުކުރެވުނީ ތާނޭގައި ހުންނަ ޓީސީއެސް ކޯލް ސެންޓަރުގެ ފަހަތުގައިވާ މަސައްކަތްތެރިންގެ ކޭމްޕަކުންނެވެ.

މުންބާއީ ފުލުހުން ބުނީ ޝެހްޒާދް ވަނީ ވިޖޭ ދާސް، ބިޖޯއި ދާސް އަދި މުހައްމަދު އިލިޔާސް ފަދަ ގިނަ ނަންތައް ބޭނުންކޮށްގެން އުޅެފައި ކަމަށެވެ. އޭނާގެ އަތުން އިންޑިއާގެ ގާނޫނީ ލިޔެކިޔުންތައް ފެނިފައި ނުވާތީ، ޕާސްޕޯޓް ގާނޫނުގެ ދަށުން އިތުރު ދައުވާތަކެއް ވެސް ކުރެވޭނެ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ލީލަވަތީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ސައިފްގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި އޭނާ އަވަހަށް ހޮސްޕިޓަލުން ދޫކޮށްލެވޭނެ ކަމަށް ވެސް ބެލެވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް