ads
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ޑިއާރުޕީގެ 1.1 މިލިއަންގެ ދަރަނީގެ މައްސަލަ ސުޕްރީމް ކޯޓުގައި ފަށަނީ
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ދަރަންޏަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން އުޅޭތީ އެކަމާ ދެކޮޅަށް އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށަން ތާވަލުކޮށްފިއެވެ.
Advertisement

އެ މައްސަލައަކީ ޑީއާރުޕީން 1.1 މިލިއަން ރުފިޔާ އެމްޓީސީސީއަށް ދައްކަންޖެހޭ މައްސަލައެކެވެ. އެމްޓީސީސީން ވަނީ މިފައިސާގެ މައްސަލަ ހިނގި ދުވަސްވަރު ޑީއާރްޕީގެ ޒައީމަކީ ރައީސް މައުމޫން ކަމަށްވާތީ ފައިސާ ދެއްކުމަށް ރައީސް މައުމޫންގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. 

އެހެންނަމަވެސް އެމްޓީސީސީން ސިވިލްކޯޓަށް ހުށައެޅި މައްސަލަ ނިމިފައިވަނީ ރައީސް މައުމޫނާއި އެއްކޮޅަށެވެ. އެ ކޯޓުން ނިންމީ އެ ފައިސާއަށް ރައީސް މައުމޫން ޒިންމާވާން ނުޖެހޭކަމަށެވެ.

ދަށުކޯޓުގެ ނިންމުން އެމްޓީސީސީ ހައިކޯޓްގައި އިސްތިއުނާފުކުރުމުން އެކަމަށް އޮތް މުއްދަތު ހަމަވެފައިވާކަމަށް އެ މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް ކަނޑައަޅާދިނުމަށް މައުމޫންގެ ފަރާތްޕުޅުން އެދުނެވެ. އެހެންނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ކަނޑައަޅާފައެވެ. މައުމޫންގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމްކޯޓަށް ހުށައެޅީ މިދިޔަ އަހަރުގެ އޭޕްރިލްމަހު އެވެ. 

މައުމޫން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލާގެ އަޑުއެހުމެއް އަންނަ ބުދަދުވަހު ފަށަށް އެކޯޓުން މިހާރު ވަނީ ތާވަލުކޮށްފައެވެ. މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް