ads
އަނބިމީހާއަށް އަނިޔާކުރި މީހަކު ޝަރުތުތަކާއި އެކު ދޫކޮށްލައިފި
އަނބިމީހާ އަށް އަނިޔާކޮށްގެން ހައްޔަރުކުރި މީހަކު ޝަރުތުތަކާއިއެކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
Advertisement

މި މައްސަލާގައި ކޯޓުން ދޫކޮށްލީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޯޓުން ނިންމި ނިންމުމުގައި ވަނީ މި މީހާ ޝަރުތުތަކާއިއެކު ދޫކޮށްލީ އޭނާ ހަރަދުކުރަންޖެހޭ އޭނާގެ ދެ ދަރިން ތިބުމުންކަމަށެވެ. އަދި އެ މީހާއަކީ ވަޒީފާއެއްގައި އުޅޭ މީހަކަށްވުންވެސް އޭއީ އޭނާ ދޫކޮށްްލި ސަބަބެއްކަމަށް ކޯޓުގެ ނިންމުމުގައިވެއެވެ. 

ކްރިމިނަލް ކޯޓުގެ އަމުރުގައި ވާގޮތުގައި އެ މީހާއާއި އަނބިމީހާއާ ދެމެދު ޖެހުނި މައްސަލައަކީ އާންމު ދިރިއުޅުމުގައި ދެބަސްވުން އުފެދިގެން ޖެހުނު މައްސަލައެއް ކަމަށާއި އެ ކަމާ ގުޅިގެން ފެމިލީ ކޯޓުން މިހާރު ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެދީފައިވާކަމަށް ކޯޓު އަމުރުގައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް