ads
ސައުދީން ހަދިޔާކުރި ކަދުރު ބަހަނީ
ސައުދީ ކަދުރު ބަހަން ފަށައިފި
ރޯދަމާއި ދިމާކޮށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރާ ކަދުރުގެ ތެރެއިން މިއަހަރަށް ލިބުނު ކަދުރުތައް ބަހަން ފަށައިފިއެވެ.
Advertisement

ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް އަންނަ ކަދުރު ހަދިޔާކުރަމުންނެވެ. އެގޮތުން މި ރޯދަމަހަށްވެސް ރާއްޖެއަށް 50 ޓަނުގެ ކަދުރު ވަނީ ހަދިޔާކޮށްފައެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީން މިއަހަރަށް ހަދިޔާކުރި ކަދުރު މިއަދުން ފެށިގެން އަންނަމަހުގެ 6 ވަނަދުވަހުގެ ނިޔަލަށް ބަހަމުން ގެންދާނެކަމަށެވެ.

މިނިސްޓްރީން ބުނީ ކަދުރު ލިބޭނީ، ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލާ ދާ ތަރުތީބުން، ކޮންމެ ގެއަކަށްވެސް ޕެކެޓެއްގެ މަގުންކަމަށެވެ. އަދި ގެބީސީތަކަށް ކަދުރު ދޫކުރާނީ އެ ގެއެއްގެ ކަރަންޓު މީޓަރުގެ ނަމްބަރާއި ކަދުރާ ހަވާލުވާ މީހެއްގެ އައިޑީ ކާޑަށް ބެލުމަށްފަހުކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

ކަދުރު ބަހާ ގަޑި / ތަން 

  • ހެނދުނު 09:30 އިން މެންދުރު 13:00
  • މާލޭގައި ކަދުރު ބަހާނީ އިސްލާމީ މަރުކަޒުގައި 
  • އަތޮޅުތަކުގައި ރަށުކައުންސިލާއި ސިޓީ ކައުންސިލްގައި

މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި ރޯދަ ވިޢްލުމުގެ ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށްވެސް ކަދުރުން ބައެއް ދޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް