ބޮލީވުޑުގެ އެކްޓަރު އަރުބާޒު ހާންގެ ދަރިފުޅު އަރްހާން އަކީ ސަލްމާނު ހާނުގެ ކޮޕީއެއް ކަމަށް އަރުބާޒުގެ ލޯބިވެރިޔާ ޖޯޖިއަ އަންދްރިއާނީ ބުނެފިއެވެ.

Advertisement
ބޮލީވުޑުގެ އެކްޓަރު އަރުބާޒު ހާންގެ ދަރިފުޅު އަރްހާނަކީ ސަލްމާނު ހާނުގެ ކޮޕީއެއް ކަމަށް އަރުބާޒުގެ ލޯބިވެރިޔާ ޖޯޖިއާ އަންދްރިއާނީ ބުނެފި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ޖޯޖިއާ ބުނީ އަރުހާނަކީ ވަރަށް ރަނގަޅު ކުއްޖެއް ކަމަށެވެ. އަދި އޭނާ އަކީ ބައްޕަ، އަރްބާޒާ އެއްކަހަލަ މީހެއް ކަމަށާއި ޖޯޖިއާއާ އެކު މަޖާކުރާ ކަމަށްވެސް ޖޯޖިއާ ބުނެފައިވެ އެވެ.
ޖޯޖިއާ ބުނީ ސަލްމާނުގެ ފިލްމެއް ކަމަށްވާ "މޭނޭ ޕިޔާރް ކިޔާ" އޭނާ ބެލި ކަމަށާއި އެފިލްމަށްފަހު އަރުހާނު ފެނުމުން ސަލްމާނު އޭރު އުޅުނު ގޮތް މަތިން ހަނދާންވާ ކަމަށެވެ. އެގޮތުން އަރުހާނު ސަލްމާނާ އެއްގޮތަށް އެކްޓު ކުރާނެ ކަމަށާއި އެގޮތަށް ވާހަކަ ދައްކާ ކަމަށްވެސް ޖޯޖިއާ ވަނީ ބުނެފަ އެވެ. އަދި އަރްހާނަކީ ސަލްމާނުގެ ކޮޕީއެއް ކަމަށް ޖޯޖިއާ ބުނެ އެވެ.
އަރުހާނަކީ އަރުބާޒާއި މަލައިކާ އަރޯރާގެ ކައިވެނީގައި ލިބުނު ހަމައެކަނި ދަރިފުޅެވެ. ވިހި އަހަރު އެކުގައި އުޅުމަށް ފަހު މަލައިކާ އާއި އަރްބާޒް ވަކިވެފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.
އޭގެ ފަހުން އަރުބާޒު ވަނީ ޖޯޖިއާ އާއި ލޯބީގެ ގޮތުން ގުޅިފަ އެވެ. ޖޯޖިއާ އަކީ އިޓަލީގެ މަޝްހޫރު މޮޑެލްއެއްގެ އިތުރުން ނެށުންތެރިއެކެވެ.
އޭނާ ވަނީ މީގެ ކުރިން ބޮލީވުޑްގެ ފިލްމެއްގައި މަސައްކަތް ކުރުމަށް އޮޑިޝަން ވެސް ދީފަ އެވެ. ނަމަވެސް އޭނާއަށް ފުރުސަތެއް ލިބިފައެއް ނުވެ އެވެ.
އިންޑިއާގެ ހަބަރުތައް ބުނާ ގޮތުގައި ޖޯޖިއާ ދެން ވަރަށް އަވަހަށް ބޮލީވުޑްގެ ފިލްމަކުން ފެންނާނެ އެވެ.