ރައީސް މުއިއްޒު ވިދާޅުވީ ކޮރަޕްޝަންގެ ވަބާ ރާއްޖެއިން ނައްތާލެވޭނީ މިފަދަ މައްސަލަތަކުގައި ހިމެނޭ ހުރިހާ ފަރާތްތަކާ މެދުވެސް ހަމަހަމަކަމާއެކު އަމަލުކުރެވިގެންނެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ އެއްބަސްވުންތައް އުވާލާފައިވަނީ ގެއްލިފައިވާ ފައިސާ ހޯދުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެ އެއްބަސްވުން ހެދި ފަރާތްތަކުން އެކަން ކޮށްފައި ނުވާތީއެވެ.
މި މައްސަލައިގައި ބައެއް ފަރާތްތަކަށް ތަފާތު އިމްތިޔާޒުތަކެއް ދީ، އެ ފަރާތްތަކުގެ މައްޗަށް އިތުރު ދައުވާ ނުކުރުމަށް އެއްބަސްވެފައިވާ އެއްބަސްވުންތައް ބާތިލުކޮށް، އެ މައްސަލަތައް އަލުން ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުންޏެވެ.