އެ ތަން ފެނުނީ ހުކުރު މިސްކިތުގެ މަސައްކަތެއް ކުރަނިކޮށް 2020 ވަނަ އަހަރެވެ.
މިތަން ދިރާސާ ކުރަނީ ޔުނިވާސިޓީ އޮފް އީސްޓް އެންގްލިއާގެ ޕްރޮފެސާ އޭން ހޯއާއި، މެރިޓައިމް އޭޝިއާ ހެރިޓޭޖް ސާވޭ ޓީމާއި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ދިވެހިބަހުގެ އެކަޑަމީ ގުޅިގެންނެވެ. މި މަސައްކަތް ކުރިޔަށްދަނީ މިމަހުގެ 12 އިން 24 އަށްކަމަށް ބަހުގެ އެކަޑަމީން ބުނެއެވެ.
ކާށިދޫ ކުރީގެ ހުކުރު މިސްކިތުގެ އަޑިން ފެނުނުތަން ދިރާސާކުރުމުގެ ތެރެއިން
އެކަޑަމީން އާއްމުކޮށްފައި ފޮޓޯތަކުން ފެންނަ ގޮތުގައި މިސްކިތުގެ އަޑީގައި އޮތީ ހިރިގަލުން ހަދާފައި ހުރި ތަނެކެވެ. ދިރަާސާ ކުރާ ޓީިމުން އެތަން ކޮނެ ވެލި ފުރޭނުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.