ފުލުހުން ބުނީ، މި މައްސަލައިގައި ހޯދަމުންދާ މީހާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށާއި، އޭނާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތައް ކާމިޔާބުވެފައި ނުވާ ކަމަށެވެ.
ފުލުހުން އާންމުކޮށްފައިވާ ފޮޓޯތަކުގައި އެ މީހާ ހުރީ އޭޓީއެމްއެއް ކައިރީގައެވެ. ނަމަވެސް އެ ފޮޓޯތަކުގައި އޭނާގެ މޫނުމަތި ސާފުކޮށް ނުފެނެއެވެ.
މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9792803 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ. އަދި މިފަދަ މައްސަލަތަކުގައި އާންމު ރައްޔިތުންގެ އެއްބާރުލުން ލިބެމުންދާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.