މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ މިނިސްޓަރުން ރައްޔިތުންނަށް އިހުމާލުވަމުންދާ ކަމަށެވެ. އަދި ގިނަ މިނިސްޓަރުން ފޯނަށް ޖަވާބު ނުދެއްވާ ކަމަށާއި ރައްޔިތުންނަށް ފިލައިގެން އުޅުއްވާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
މަޖިލީހުގެ މެންބަރުންނަކީ ސަރުކާރާއި ރައްޔިތުން ގުޅުވައިދޭ ފަރާތްތައް ކަމަށާއި މިނިސްޓަރުން މެންބަރުންނާ ގުޅުން ކަނޑާލައިފިނަމަ އޭގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;