ads
އެމެރިކާގައި ޓިކްޓިކް އަނެއކާވެސް ހުއްދަ ކޮށްފި
އެމެރިކާގައި އަނެއްކާވެސް ޓިކްޓޮކް ހުއްދަ ކޮށްފި
ޔުނައިޓެޑް ސްޓޭޓް އޮފް އެމެރިކާ ޔޫއެސްއޭ ގައި މަނާކުރި ސޯޝަލް މީޑިޔާގެ އެންމެ މަގްބޫލު ޕްލެޓް ފޯމް "ޓިކްޓޮކް" 12 ގަޑިއިރަށް ފަހު ބޭނުން ކުރެވޭ ގޮތް ހަދައިފިއެވެ.
Advertisement

އެމެރިކާގެ ސަރުކާރުން އެ ގައުމުގައި ޓިކްޓޮކް ބޭން ކުރަން ނިންމުމާއެކު ހޮނިހިރު ދުވަހުގެ ދަންވަރުގެ ވަގުތަކުން ފެށިގެން އެ އެޕްލިކޭޝަންގެ ހިދުމަތް ވަނީ އެގައުމުގައި މެދުކަނޑާލާފައެވެ.

ޓިކްޓޮކުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ އެޕްލިކޭޝަންގެ ހިދުމަތް އަލުން ދޭން ނިންމާފައިވަނީ އެކަމުގެ ސަބަބުން އެޕްގެ ސާވިސް ދޭ ފަރާތްތަކަށް އެއްވެސް ގޮންޖެހުމެއް ނާއްނާނެ ކަމަށް ބުނެ އެމެރިކާގެ އިންތިހާބީ ރައީސް ޓްރަމްޕު ޔަގީންކަން ދިނުމުންނެވެ . އަދި މިއީ ވަގުތީ ހައްލެއް ކަމަށެވެ. އިތުރު ރިޕޯޓުތައް ބުނާ ގޮތުގައި އެމެރިކާގައި ޓިކްޓޮކް ބޭން ކުރަން ނިންމައި ގާނޫނު ހަދާފައިވަނީ އެއީ އެ ގައުމުގެ ސަލާމަތީ ހިދުމަތްތައް ކަށަވަރު ކުރެވިފައި އޮތުމަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ދެކޭތީއެވެ.

މި އެޕްލިކޭޝަނަކީ އެމެރިކާގެ 170 މިލިއަން މީހުން ބޭނުން ކުރާ އެޕަކަށް ވީއިރު، މި އެޕްގެ ޒަރިއްޔާއިން އާމްދަނީ ހޯދާ މީހުންވެސް އެގައުމުގައި ވަރަށް ގިނައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް