މިކަން ފާހަގަކުރެއްވީ ޕާކިސްތާނުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަޑް) ފައިސަލް ރަސުލް ލޯދީއާ ބައްދަލުކުރެއްވުމަށްފަހުއެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެވުނެވެ. އަދި ޕާކިސްތާނުގެ އާ ސަފީރު ވަނީ އެމަނިކުފާނުގެ ދައުރުގައި ދެގައުމަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ޕާކިސްތާން ހައިކޮމިޝަނުގެ ސެކަންޑް ސެކްރެޓަރީ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ ތެރޭގައި ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދާއި، އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުﷲ ދީދީ ހިމެނެއެވެ.