މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެއެވެ.
ފުލުހުން މިއަދު ދިން މައުލޫމާތުގައި ބުނެފައިވަނީ މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ރިޕޯޓުކުރެވުނީ މިދިޔަ ހަފުތާގައި މާލޭގައި ހިނގި އެހެން މައްސަލައެއްގެ ފަހުންނެވެ. އެއީ ސްކޫލު ޓީޗަރަކު ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާކުރި މައްސަލައެކެވެ. އެ މައްސަލައިގައި ޓީޗަރު ކޯޓަށް ހާޒިރުކުރުމަށްފަހު ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މުޖުތަމައުގައި ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް އިތުރުވަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިފަދަ މައްސަލަތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.