ads
މިފަހުން އަތުލައިގަތް ބިދޭސީންތަކެއް
މަޑުއްވަރި އަށް ފިލަން ދިޔަ ބިދޭސީންގެ މައްސަލަ އިމިގްރޭޝަނުން ބަލަން ފަށައިފި
މަޑުއްވަރި އަށް ފިލަން ދިޔަ 60 ބިދޭސީންގެ މައްސަލަ އިމިގްރޭޝަނުން ބަލަން ފަށައިފި އެވެ.
Advertisement

މިކަމާ ގުޅޭގޮތުން މަޑުއްވަރީ ކައުންސިލް ރައީސް މުހަންމަދު ސޯދިގް "ސީއެންއެމް" އަށް ވިދާޅުވީ، އެކަން ހިނގާދިޔައީ މީގެ ދެ ދުވަސް ކުރީން ކަމަށާ އެމީހުންނަކީ އެމަރަލްޑް ރިސޯޓުން އައި ބައެއް ކަމަށެވެ. އަދި ހަމަ އެދުވަހު އެމީހުން ވަނީ އަނބުރާ އެމަރަލްޑް ރިސޯޓަށް ފޮނުވާލެވިފައި ކަމަށެވެ.

މީގެ އިތުރުން ސޯދިގް ވިދާޅުވީ، އެއިން ބައެއް މީހުން ތިބީ ލަގެޖްތައްވެސް ހިފައިގެން ކަމަށާ އަނެއްބައި މީހުން ތިބީ ހުސްއަތާ ކަމަށެވެ. ހުސް އަތާ ތިބި މީހުނާ ސުވާލުކޮށްލުމުން އެމީހުން ބުނީ އެމީހުން އައީ ޝޮޕިން ކޮށްލުމަށް ކަމަށެވެ.

އަދި މި މައްސަލަ މިހާރު އިމިގްރޭޝަނުން ބަލަމުން ދާ ކަމަށް ވެސް ސޯދިގު ވިދާޅުވި އެވެ.

އެމީހުން ހަމަ އެދުވަހު އެމަރަލްޑް އަށް ފޮނުވާލިން. އިމިގްރޭޝަނުން މިހާރު ދަނީ އެ މައްސަލަ ބަލަމުން. ސޯދިގް ވިދާޅުވި އެވެ.

އިތުރަށް މައްސަލަ ކުރިޔަށް ދާ ގޮތް އޮޅުން ފިލުވުމަށް ސީއެންއެމް އިން އިމިގްރޭޝަނަށް ގުޅުމުން އިމިގްރޭޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމައްސަލަ އާއި ގުޅިގެން މިވަގުތަށް އެއްވެސް މައުލޫމާތެއް ދެވެން އަދި ނެތް ކަމަށެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފު ކުރުމަށް ފުލުހުންނާ ގުޅުމުން ފުލުހުންގެ މީޑިއާ އޮފިޝަލް "ސީއެންއެމް" އަށް ވިދާޅުވީ މި މައްސަލައިގައި އެއްވެސް ފަރާތަކުން އަދި ފުލުހުންނާ އެއްވެސް ކޮންޓެކްޓް އެއް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މިކަން ހިނގާފައި ވާކަން ފުލުހުންނަށް ވެސް އެނގިފައިވާކަމަށެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނާ ދެކޮޅަށް އިމިގްރޭޝަނުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ދަށުން ވޭތުވެދިޔަ 2 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 70 އަށްވުރެ ގިނަ ބިދޭސީން ހައްޔަރުކޮށްފައި ވެއެވެ.

ފަހަކަށް އައިސް އިމިގްރޭޝަނުން އަންނަނީ ބިދޭސީން ނަށް އަމާޒުކޮށް ގިނަ އޮޕަރޭޝަން ތަކެއް ހިންގަމުންނެވެ. އޭގެތެރޭގައި މި މަހުގެ 14 ވަނަ ދުވަހު ފަތިހު ހީނާމާގެ ސަރަހައްދުގައި އިމިގްރޭޝަނާއި ފުލުހުން ހިމެނޭ ޓާސްކްފޯހަކުން ގުޅިގެން ކުރިޔަށްގެންދިޔަ އޮޕަރޭޝަން ފާހަގަ ކޮށްލެވެ އެވެ. ފާއިތުވި އަހަރު ރާއްޖެއިން 5600 ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް