މިހާރު މިއޮތް ޔުނައިޓެޑުގެ ޓީމަކީ އެންމެ ފީކަޅާ ޓީމުކަމަށް، ކޯޗު ބުނީ، ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އަތުން ބަލިވި މެޗަށް ފަހު ހިތްހަމަ ނުޖެހި ހުރެއެވެ. ރޭ ޔުނައިޓެޑު، ބްރައިޓަން ހޯވް އެލްބިއޯން އަތުން ބަލިވީ ތިން ލަނޑު އެއް ލަނޑުންނެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޔުނައިޓެޑާ ހަވާލުވި އަމޯރިމް ބުނީ މި ނަތީޖާތަކުން ޔުނައިޓެޑެ ކުރީގެ ކޯޗު އެރިކް ޓެން ހަގަށް ވުރެ އޭނާ ހުރެގެން ބަލިވި މެޗުތައް ގިނަ ވެދާނެ ކަމަށެވެ. ޔުނައިޓެޑްގެ ކޯޗުކަމުގައި އަމޯރިމް ނުކުތް 15 މެޗުގެ ތެރެއިން ހަތް މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.
ޕްރިމިއާ ލީގު ތަވާލުގައި އެ ޓީމު އޮތީ 13 ވަނައިގަ އެވެ.