ފުޓްބޯޅަ ސީޒަނުގެ އެންމެ މުހިއްމު މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގު ފަށަން މިހާރު މަސައްކަތްކުރަމުން އަންނަނީ މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯދައިގެ ފަހުންނެވެ. މިހާރު ކިޔާ ގޮތުން، ލީގު ފަށަން އޮތީ އޭޕްރީލް އަށެއްގައެވެ.
ކުރިން އޮތީ ރޯދައިގެ ކުރިން ލީގު ކުޅޭ ކަހަލަ ގޮތަކަށެވެ. ސީޒަން ފަށަން ހަމަޖެހިފައި ވަނީ މާޒިޔާ އާއި އީގަލްސް ވާދަކުރާ ޗެރިޓީ ޝީލްޑް މެޗުން ފެބްރުއަރީ 14 ވަނަ ދުވަހު އެވެ. އަދި އޭގެ ދެ ދުވަސް ފަހުން ފެބްރުއަރީ 17 ގައި، ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް ފަށާނެ އެވެ.
ލީގުގައި 10 ޓީމު ވާދަކުރާއިރު، އޭގެ ތެރެއިން މިހާތަނަށް ރަސްމީކޮށް ތައްޔާރުވާން ފެށީ މާޒިޔާ އިންނެވެ. އެ ޓީމުން ވަނީ ސްޕެއިނުގެ ތަޖުރިބާކާރު ކޯޗެއް ގެނެސް ޕްރެކްޓިސް ފަށައިފަ އެވެ.