ads
ފުލުހުން މީގެ ކުރިން އަތުލައިގަތް ޑްރަގްސް ނައްތާލަނީ. -- ފޮޓޯ | ޕޮލިސް
ދިރުވާލައިގެން އެތެރެކުރި ޑްރަގާ ހަވާލުވީ މީހާގެ ބަންދަށް 20 ދުވަސް
ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއި ހަވާލުވީ މީހާގެ ބަންދަށް 20 ދުވަސް އަނެއްކާވެސް ޖަހައިފިއެވެ.
Advertisement

ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއި ހަވާލުވީ ހުސައިން ފަރުޝާން، 39 އެވެ. އޭނާގެ ބަންދަށް އަނެއްކާވެސްވަނީ 20 ދުވަސް ޖަހާފައެވެ. އެ މައްސަލައިގައި މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ކުށުގައި ހައްޔަރު ކުރީ ބްރެޒިލްގެ ރައްޔިތެއް ކަމަށްވާ ލެންޑަސަން ޑިޕައުލޯ ގާސިއާ، 44 އެވެ.

ލެންޑަސަންގެ ހަށިގަނޑު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 107 ރަބަރު ބުލެޓު ފެނިފައިވާއިރު، މައްސަލައާ ގުޅިގެން އޭނާ އެއްބާރުލުން ދެމުން އަންނަ ކަމަށް ފުލުހުންނާ ހަވާލާދީ ކްރިމިނަލް ކޯޓުން ބުންޏެވެ. އެ މައްސަލައަކީ ރޭވިގެން ޖަމާއަތް ހަދައިގެން ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށް އެ ކޭސްގައި ހިމެނޭ މީހެއްގެ ބަންދު އަމުރު ރިޕޯޓުން އެނގެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް