ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ތިމާވެށީގެ ދާއިރާއާއި، މޫސުމީ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ވަޒީރު ތޯރިގު އިބްރާހިމް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މޫސުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމު ގުޅިގެން ހަރުދަނާ މަސައްކަތެއް ކުރުމަށް މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި އަޔަލެންޑަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ވަކާލާތު ކުރާ ގައުމެއް ކަމަށާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ތަރައްޤީކުރުމަށް އަޔަލެންޑުން ގިނަ ފިލާވަޅުތަކެއް ދަސްކުރެވެން އޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ މި ބައްދަލުވުމާއެކު، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ދިވެހިރާއްޖެއާއި އަޔަލެންޑާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1999 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 07 ވަނަ ދުވަހުގައެވެ. އަޔަލެންޑްގެ ސަފީރަކީ ނޮން-ރެޒިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. އަދި އަޔަލެންޑްގެ ސަފީރު ހުންނަވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ ގައެވެ.