ކަނޑިތީމާއި މިލަންދޫ ކުޅޭ ށ. އަތޮޅު ފައިނަލް ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ. ގްރޫޕް ސްޓޭޖުން ކުޅުނު މެޗުން މިލަންދޫ ވަނީ މޮޅުވެފައެވެ. އެ މެޗުން މިލަންދޫ މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. ކަނޑިތީމަކީ އަތޮޅުބުރުގެ ޑިފެންޑިން ޗެމްޕިއަނުންނެވެ.
ށ. އަތޮޅު ފައިނަލަށް ކަނޑިތީމުން ދިޔައީ ސެމީ ފައިނަލުގައި ދެ ލަނޑު ސުން ލަނޑުން ބިލެއްފަހި ބަލިކޮށްގެނެވެ. އަދި މުޅިން އަލަށް މި ފަހަރުގެ މުބާރާތުގައި ވާދަކޮށް ސެމީ ފައިނަލަށް ދަތުރުކުރި ނަރުދޫ އަތުން މިލަންދޫ ވަނީ 4-0 އިން މޮޅުވެފަ އެވެ.