ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ނ. އަތޮޅު ފައިނަލްގެ ފުރަތަމަ ޖާގަ، ނ. ހޮޅުދޫން ހޯދީ މިލަދޫ އަތުން މޮޅުވެގެންނެވެ. މިލަދޫ އަތުން ހޮޅުދޫ މޮޅުވީ ތިން ލަނޑު ދެ ލަނޑުންނެވެ. ހޮޅުދޫންވަނީ ފުރަތަމަ މެޗުގައި ވެލިދޫވެސް ބަލިކޮށްފައެވެ.
އެ އަތޮޅުން މުބާރާތުގައި ތިން ޓީމަކުން ވާދަކުރަމުންދާ މިލަދޫން ފައިނަލުން ޖާގައެއް ހޯދަން ޖެހޭނީ އެ އަތޮޅު ލީގު ބުރުގެ ފަހު މެޗުގައި ވެލިދޫ ބަލިކުރާށެވެ. އެ މެޗު އެއްވަރުވިޔަސް ވެލިދުއަށް ފުރުސަތު އޮންނާނެއެވެ.