ads
ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ޓްރަމްޕް ހުވާކުރުމުން ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ
އެމެރިކާގެ 47 ވަނަ ރައީސްގެ ގޮތުގައި މިރޭ ހުވާކުރެއްވި ޑޮނަލްޑް ޓްރަމްޕަށް ދިވެހިރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި އެމެރިކާގެ އާ ރައީސް ޓްރަމްޕާއި އެ މަނިކުފާނުގެ ސަރުކާރާއެކު ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތްކުރުމަށް ރާއްޖެއިން ބޭނުންވާ ކަމަށެވެ.

މިއަހަރަކީ އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވަމުން، މިއީ ދެ ގައުމުގެ މެދުގައި އޮތް ގާތް ހަރުދަނާ ގުޅުން ރަމްޒުކޮށްދޭ ކާމިޔާބީއެއްކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

ޓްރަމްޕަކީ އެމެރިކާގެ 45 ވަނަ އަދި 47 ވަނަ ރައީސްއެވެ. 2020 ވަނަ އަހަރު ޖޯ ބައިޑެންއާ ވާދަކޮށް ބަލިވުމަށްފަހު، 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަލުން ވާދަކުރައްވައި، އެ އިންތިހާބު ކާމިޔާބުކުރެއްވިއެވެ. ރައީސް މުއިއްޒުގެ މެސެޖުގައި ވަނީ ރައީސް ޓްރަމްޕަށް އެ މަނިކުފާނުގެ ރައީސްކަމުގެ ދައުރުގެ ރަސްމީ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް