ރައީސް މުޢިއްޒު މިއަދު ރ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތަފްސީލުތައް ހާމަކުރަށްވަމުން ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރ. ވާދޫ ކައުންސިލަކީ ނަމޫނާ ކައުންސިލެއް ކަމަށް ރައީސް ވިދާޅުވީ މިއަދު އެރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކަމަށެވެ. އެކަމަށް އެމަނިކްފާނު ވަނީ ރ.ވާދު ކައުންސިލަށް ތަހުނިޔާ އަރިސް ކުރައްވާފައެވެ.
ރ. އަތޮޅުގެ 11 ރަށަކަށް ތިން ދުވަހުގެ މުއްދަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރަށްވާ ރަސްމީ ދަތުރުފުޅު ފެއްޓެވީ މިއަދުއެވެ.
މި ދަތުރުފުޅުގައި ރ. އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރަށުގެ ކްލަބް ތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަން ހަމަޖެހިފައި ވެއެވެ.