ads
މިފްކޯ
82 ހާސް ގޭބިސީއަށް މަސްދަޅު ބަހާނެ، ބަހާނީ އެސްޓިއޯއިން : މިފްކޯ
ރޯދަމަހު 82 ހާސް ގޭބިސީއަށް މަސްދަޅު ބަހާނެކަމަށާއި މަސްދަޅު ބެހުމުގެ ކަންކަން ކުރިޔަށް ގެންދާނީ އެސްޓިއޯއިން ކަމަށް މިފްކޯއިން ބުނެފިއެވެ.
Advertisement

އަންނަ ރޯދަމަހު ދިވެހި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ސަރުކާރުން ހިލޭ ދޭން ނިންމާ އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މި ސަރުކާރަށް އެއް އަހަރު ފުރުމުގެ މުސާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

މިފްކޯއިން ބުނީ ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވަނީ 48 ދަޅުގެ މަސްކޭހެއްކަމަށެވެ.

ސީއެންއެމާއި ވާހަކަ ދައްކަވަމުން މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު ވިދާޅުވީ އަންނަ ރޯދަމަހު ސަރުކާރުން ދޭ މަސްދަޅު ބެހުމުގެ ކަންކަން ކުރިޔަށް ގެންދަނީ މިފްކޯއާ އެސްޓީއޯ ގުޅިގެންކަމަށެވެ. 

ރޯދަ މަހު 82 ހާސް ގޭބިސީއަކަށް މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވާކަމަށާއި ގޭބިސީތަކަށް ބޭނުންވާ މަސްދަޅު ކޭސްތަކުގެ ފައިނަލް ސްޓޮކްގެ މަސައްކަތް ނިންމާ މަހެއްހާ ދުވަހުގެ ތެރޭގައި އެސްޓީއޯއާއި ހަވާލު ކުރާނެކަމަށްވެސް އިބްރާހިމް ސައީދު ވިދާޅުވިއެވެ. 

ސައީދު ވިދާޅުވީ މިހާރު ހުރި ހިސާބުތަކުން 82 ހާސް ގެބީސީއަކަށް މަސްދަޅު ބަހަން ޖެހުނު ނަމަވެސް  މަސްދަޅު ކޭސް އުފައްދަނީ އެ އަދަދު އިތުރުވެދާނެކަމަށް ބަލައިގެންކަމަށެވެ.

"ސޭފް ސައިޑަށް ވިސްނާ އަޅުގަނޑުމެއް އިތުރު މަސްދަޅު ކޭސް އުފައްދާނަން، އެއީ މިހާރު ހިސާބު ތަކުން 82 ހާސް ގޭބިސީ ކަމަށް ދެއްކިޔަސް، އެއަދަދު އިތުރުވުން ގާތް". ސައީދު ވިދާޅުވިއެވެ.

ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްކޭހެއް ހިލޭ ދިނުމަށް 46 މިލިއަން ރުފިޔާ ހޭދަވާނެއެވެ. 

މި ސަރުކާރަށް އެއް އަހަރު ފުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން ދިން ފުރަތަމަ ޑިސްކައުންޓެއްގެ ގޮތުން މިދިޔަ ރޯދަމަހު ސަރުކާރުން ކަރަންޓް ބިލުން ޑިކްސްކައުންޓް ދީފައިކަމަށެވެ. އެގޮތުން ކަރަންޓް ބިލުން މިދިޔަ ރޯދަމަހު 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާކަަމަށެވެ. މީގެއިތުރުން މިދިޔަ ރޯދަމަހު 82،000  ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑު ދޫކޮށްފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.  

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް