ads
ކުރީގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ރިޒްނާ
ޖުޑިޝަރީ މުވައްޒަފުންގެ ސްޓެޕް އެލަވަންސް މައްސަލަ ފަށަނީ
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ދޭން ލާޒިމު ކުރާ މުސާރައިގެ ކުރިއެރުން ހައްގު ވިޔަސް، ހަތަރު އަހަރު ވަންދެން ނުދީ ހުރި ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމުގެ އިސްތިއުނާފު ޝަރީއަތް ފަށަން ހައިކޯޓުގައި ތައްޔާރުވެއްޖެ އެވެ.
Advertisement

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ދޭން ލާޒިމު ކުރާ މުސާރައިގެ ކުރިއެރުން ހައްގު ވިޔަސް، ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހުކުމްކުރީ، މުސާރައިގެ ކުރިއެރުން ނުދީގެން ސިވިލް ކޯޓުގެ މުވައްޒަފުންތަކެއް ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ މައްޗަށް ކުރި ދައުވާގައެވެ. މި މައްސަލަ 2023 ވަނަ އަހަރު ޓްރައިބިއުނަލުން ނިންމިޔަސް، މި ހުރިހާ ދުވަހު އެ މައްސަލަ އޮތީ ހައިކޯޓުގައެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ދޭން ލާޒިމު ކުރާ މުސާރައިގެ ކުރިއެރުން ހައްގު ވިޔަސް، ހަތަރު އަހަރު ވަންދެން ނުދީ ހުރި ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުގެ އިސްތިއުނާފު، ހައިކޯޓުގައި ފަށަނީ ބުދަ ދުވަހު ހެނދުނުއެވެ. މި މައްސަލަ ހައިކޯޓަށް ހުށަހެޅީ، ސިވިލް ކޯޓުގެ މުވައްޒަފުންތަކެކެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ކޮންމެ ދެ އަހަރުން އެއް އަހަރު މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު 70 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މުވައްޒަފުންނަށް 200ރ. ގެ މުސާރައިގެ ކުރިއެރުމެއް ދޭންޖެހެ އެވެ. އެކަމަކު އެ ފައިސާ ނުދޭތާ ހަތަރު އަހަރު ވަނީ ވެފަ އެވެ. މި މައްސަލަ ޝަރީއަތުގައި ކުރިއަށްދަނިކޮށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވަނީ މުވައްޒަފުންނަށް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމަށް ލާޒިމު ކުރާ ގަވައިދުގެ މާއްދާ އުވާލާފައެވެ. އެކަމަކު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް، ސްޓެޕް އެލަވަންސް އަލުން ދޭން ފެށިއެވެ.

ސިވިލް ކޯޓުގެ ތިން ލީގަލް މުވައްޒަފަކު ދައުވާ ކުރި މި މައްސަލައިގެ ނިންމުމުގައިވަނީ ހަތަރު އަހަރު ވީއިރު ވެސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ނުދެވި އޮތީ އެކަމަށް ބޭނުންވާ ބަޖެޓް ދައުލަތުން ހަމަޖައްސައި ނުދޭތީ ކަމަށެވެ. އަދި ބަޖެޓް ހަމަޖެހިފައި ނުވަނީސް އެ ފައިސާ ދިނުމަކީ މާލިއްޔަތު ގަވާއިދާ ޚިލާފް ކަމަކަށް ވާނެ ކަމަށާއި އެހެންވެ، މުސާރައިގެ ކުރިއެރުން ހައްގުވިޔަސް އެ ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ. މި މައްސަލަ ޓްރައިބިއުނަލުން ނިންމީ އެ ޓްރައިބިއުނަލްގެ މެންބަރު މަރިޔަމް ރިޝްފާއެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އޮންނަ ގޮތުން ޖުޑީޝަލް އެލަވަންސާއި އިތުރު ގަޑީގެ ފައިސާ ވެސް ހިސާބު ކުރަނީ މުސާރައިގެ ނިސްބަތަށް ބަލައިގެންނެވެ. އެހެންވެ، މުސާރައިގެ ކުރިއެރުން ނުލިބޭތީ ޖުޑީޝަލް އެލަވަންސާއި އިތުރު ގަޑީގެ ފައިސާގެ ކުރިއެރުމެއް ވެސް ނުލިބެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް