ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު ފިލްމެއް ކަމަށްވާ "ކޭޖީއެއްފް:ޗެޕްޓާ 1"ގެ ދެވަނަ ބައި "ކޭޖީއެފް ޗެޕްޓާ 2" ގެ ފުރަތަމަ ފެނިލުން ދައްކާލައިފިއެވެ.

Advertisement
ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު ފިލްމެއް ކަމަށްވާ "ކޭޖީއެއްފް: ޗެޕްޓާ 1" ގެ ދެވަނަ ބައި "ކޭޖީއެފް ޗެޕްޓާ 2" ގެ ފުރަތަމަ ފެނިލުން ދައްކާލައިފި އެވެ.
ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ ޔަޝް އޭނާގެ އޮފިޝަލް ޓުވިޓާ އެކައުންޓު މެދުވެރިކޮށް ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލާފައި ވާއިރު ގިނަ ބަޔަކު ވަނީ އެ ޕޯސްޓަރު ވަރަށް ފުރިހަމަ ކަމަށް ބުނެފަ އެވެ.
ފިލްމުގެ ފުރަތަމަ އަދި ދެވަނަ ބައިން ވެސް ޔަޝް ފެނިގެން ދާއިރު ފިލްމުގެ ދެވަނަ ބައިން ލީޑު ބަތަލާގެ ރޯލުން ފެނިގެން ދާނީ ކޮން ފަންނާނެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ފިލްމު ނެރޭނެ ދުވަހެއް ވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.
"ކޭޖީއެފް" ގެ ފުރަތަމަ ބައިން ޔަޝް އާއެކު ލީޑު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދިޔައީ ސްރިނިދީ ޝެޓީ އެވެ. އެ ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ހާއްސަކޮށް ފިލްމުގެ ލަވަތައް ގިނަ ބަޔަކަށް ވަނި ކަމުގޮސްފަ އެވެ.
އުމުރުން 32 އަހަރުގެ ޔަޝް ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ސަންތު ސްޓްރައިޓް ފޯވާޑް" އާއި "ގޫގްލީ" އާއި "ރާޖާ ހުލީ" އާއި "ގަޖާކޭސަރީ" އާއި "ޑްރާމާ" އާއި "ޖާނޫ" އަދި "މާސްޓާޕީސް" ހިމެނެ އެވެ.