އައިޝަތު މުހައްމަދު ސޯލިހު އަކީ 30 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ތައުލީމީ ދާއިރާގައި ހިދުމަތް ކުރަށްވާފާއިވާ ބޭފުޅެކެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ޑިގްރީއާއި މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ އައިޝަތު ސޯލިހުގެ ކެރިއަރު ފައްޓަވާފައިވެސް ވަނީ މަޖީދިއްޔާ ސްކޫލުގައެވެ.
އާދައިގެ ޓީޗަރެއްގެ ގޮތުގައި ތައުލީމީ ދާއިރާގެ ބިންގާ އެޅުވި މި ލޮބުވެތި ކަމަނާގެ ކެރިއަރުގައި މަޖީދިއްޔާ ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލްގެ މަޤާމުގެ އިތުރުން، ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ މަޤާމުވެސް ފުރުއްވާފައިވެ އެވެ.
މަޖީދިއްޔާ ސްކޫލް ޕްރިނސިޕަލް ރިޓާޔަރ ކުރަނީ
އޭނާ ބައިވެރިވާ ވަދާއީ އެސެންބްލީއެއް މާދަމާ މަޖީދިއްޔާ ސްކޫލް ގައި މާދަމާ އޮންނާނެ އެވެ.