އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ރ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުނގޫފާރު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ އުނގުފާރަކީ އާބަން ސެންޓަރެއްގެ ގޮތުގައި އެމަނިކުފާނު ކަނޑައަޅާފައިވާ ރަށަކަށްވާތީ އެންމެ މުހިއްމު އެއްކަމަކަށް ވާނީ ބީހިޔާވަހިކަމުގެ މައްސަލަކަމަށެވެ. އެހެންކަމުން އެކަން ހައްލުވާނީ އެކަށީގެންވާ މަސައްކަތްތަކެއް ސަރުކާރުން އެކަމަށް ކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި އުނގޫފާރުގައި މަޝްރޫއެއް ހިންގަން އިއުލާންކޮށްފައިނުވާކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެހެންނަމަވެސް މި އަހަރުގެ ބަޖެޓަކީ އާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫއު ގެދޮރު ބިނާކުރުމުގެ ދާއިރާއިން މަޝްރޫއުތައް ހިންގަން ސަރުކާރުން ކަނޑައެޅި ބަޖެޓްކަމަށެވެ.
ހައުސިން މަޝްރޫއު ހިންގަން ބޭނުންވާ ބިމާއި އެކަމަށް ބޭނުންވާ ފަންނީ މަސައްކަތްތައް ކައުންސިލާއި ކަމާއި ބެހޭ ވުޒާރާތަކައި އެކު ނިންމުނުހާ އަވަހަކަށް މަޝްރޫއުގެ މަސައްކަތް ފަށާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.