ads
ނަޝީދު
ރާއްޖޭގެ މޫސުމީ ހާލަތު ބެއްލެވުމަށް ޓްރަމްޕަށް ނަޝީދުގެ ދައުވަތެއް
ޕެރިސް ކްލައިމެޓް އެއްބަސްވުމުން އެމެރިކާ ވަކިވާން ނިންމުމުން މޫސުމީ ބަދަލުތަކުން ރާއްޖެއަށް ކުރާ ނެދޭޭ އަސަރުތައް ބައްލަވާލެއްވުމަށް އެމެރިކާގެ އާ ރައިށް ޑޮނަލް ޓްރަމްޕަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައުވަތު ދެއްވައިފިއެވެ.
Advertisement

ވެރިކަމާއި ހަވާލުވެޑައިގަތުމަށް ފަހު ޓްރަމްޕަ ވަނީ ވަރުގަދަ ނިންމުންތަކެއް ނިންމަވާފައެވެ. އޭގެތެރޭގައި އެމެރިކާއިންދޭ އެހީތައް ހުއްޓާލުމާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަކިވުމާއި ޕެރިސް ކްލައިމެޓް އެއްބަސްވުމުން ވަކިވުންވެސް ހިމެނެއެވެ. 

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ނެރުނު ބަޔާނެއްގައި އެ ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމެރިކާގެ އާ ސަރުކާރާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވެފައެވެ. އެހެންނަމަވެސް ޕެރިސް އެގްރީމެންޓުން އެމެރިކާ ވަކިވާން ނިންމުމުން ހިތާމަކުރައްވާކަކަމަށް އެ ބަޔާނުގައި ނަޝީދު ވިދާޅުވިއެވެ. 

ބަޔާނުގައި ނަޝީދު ވިދާޅުވީ ފެރިސް އެގްރިމެންޓަކީ ބޮޑެތި ގައުމުތަކުން ތިމާވެއްޓަށް ދެމުންދާ ގެއްލުންތައް ކުޑަކުރުމަށް ހަދާފައިވާ އެއްބަސްވުމެއްކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން މުސޫމީ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރުތައް ތަހައްމަލު ކުރަމުންދާ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް އުއްމީދުތަކެއް ލިބުނު ކަމަށެވެ. 

ރައީސް ނަޝީދު ވަނީ މޫސުމީ ގޮތުން ކުރާ ނެދެވޭ އަސަރުތައް ބައްލަވާ ލެެއްވުމަށް ރާއްޖެ ޒިޔާރަތްކުރެއްވުމަށް ދައުވަތު ދެއްވާފައެވެ. ނަޝީދު ވިދާޅުވީ މޫސުމީ ނުރައްކާތަކުން އެންމެ ނާޒުކު ގައުމުތަކުގެ މުސްތަގުބަލު ނެތެމުންދާ ދަނޑިވަޅުގައި މީ އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުން އިސް ނަގައި، އޮއިވަރު ބަދަލުކުރަން ނަމޫނާ ދައްކަންވީ ވަގުތުކަމަށެވެ. 

"އެ މަނިކުފާނުގެ ވެރިކަމުގެ މި ނިންމެވުމާ މެދު ދެވަނަ ވިސްނެވުމަކަށް ވަޑައިގަތުމަށްޓަކައި، އަޅުގަނޑު ރައީސް ޓްރަމްޕަށް ދައުވަތު އަރުވަން، އުދައެރުމުން ފެށިގެން، ހޫނުގަދަވުމާއި ގްލޭސިއާސްތައް ވިރުމާއި ދަނޑުބިންތައް ފަނާވެ ގޮސްފައިވާ މަންޒަރުތައް ގާތުން ބައްލަވައިލެއްވުމަށް." ނަޝީދު ނެރުއްވި ބަޔާނުގައިވެއެވެ. 

ނަޝީދު ވަނީ އެކަނިކުފާނުގެ ބަޔާނުގައި ޕެރިސް އެއްބަސްވުމުގައި އެމެރިކާ އިން އަލުން ބައިވެރިވާނެ ކަމަށް ޔަގީން ކުރައްވާކަމަށް ވިދާޅުވެފައެވެ.  

2015 ގައި އެކުލަވާލި ޕެރިސް އެގްރިމެންޓްގައި ވަނީ ދުނިޔޭގެ ހޫނުމިން މަތިވުން ހުއްޓުވުމަށްޓަކައި ޖައްވަށް ވިހަ ގޭސްތައް ބޭރުކުރުން މަދުކުރުމަށެވެ.

ޓްރަޕްމްގެ ފުރަތަމަ ވެރިކަމުގައިވެސް މި އެއްބަސްވުމުން އެ ގައުމު ވަކިވިއެވެ. ސަބަބެއްކަމަށް ޓްރަޕްމް ވިދާޅުވީ އެ އެއްބަސްވުމުން ތައްޔާރުކޮށްފައިވަނީ އެމެރިކާ އިގުތިސާދީ ހަރަކާތްތައް ހީނަރުވާ ގޮތަށްކަމަށެވެ. ޕެރިސް އެގްރިމެންޓްގައި އަލުން އެމެރިކާ ބައިވެރިވީ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގައި 2021 ވަނަ އަހަރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް