ހއ. އަތޮޅުން ސެމީ ކުރިން ޔަގީންކޮށްފައި އޮތީ، ގްރޫޕް އޭ އިން ކެލާ އަށް އަދި ގްރޫޕް ބީން ވަށަފަރެވެ. ކެލާ، ބާރަށް އަތުން ބަލިވުމުން ވަނީ ގްރޫޕްގެ އެއް ވަނަ ގެއްލިފަ އެވެ. ވަށަފަރުން ވަނީ ކުޅުނު މެޗުގައި، އިހަވަންދޫ އަތުން މޮޅުވެ، އެއް ވަނަ ޔަގީންކޮށްފަ އެވެ.
އަނެއް ގްރޫޕުން މާރަންދޫން އެއް ވަނަ ހޯދީ 3-2 އިން ފިއްލަދޫގެ މައްޗަށް ކުރިހޯދައިގެންނެވެ. އަދި ދިއްދޫން ވަނީ އުތީމު އަތުން 3-0 އިން މޮޅުވެ، ސެމީގެ ޖާގަ ހޯދައިފަ އެވެ.
ހއ. ސެމީގައި ދިއްދޫން މާރަންދޫއާ ކުޅޭއިރު، ވަށަފަރުން ބައްދަލުކުރާނީ ކެލާއާ އެވެ.