ހައުސިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ސަރަހައްދުތަކުން ކަނޑު އުޅަނދުފަހަރު ދަތުރުކުރުން ރައްކާތެރިކަމަކަށް ނުވާތީ، މި ޗެނަލްތަކުން ދަތުރު ނުކުރުމަށެވެ.
ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަނީ: އަހަރުގެ މިހާތަނަށް އުމްރާނީ ބޮޑެތި މަޝްރޫއުތަކަށް ކުރި ހޭދަ ވަނީ ދަށަށް ގޮސްފައި - ފޮޓޯ:ކޮންސްޓަރަކްޝަން މިނިސްޓްރީ
މީގެ ކުރިން އޮކްޓޯބަރު މަހުގެ ކުރީކޮޅު މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ، ޑރ. އަބްދުﷲ މުއްތަލިބު ވަނީ ތިލަމާލެ ބްރިޖް މަޝްރޫޢުގެ 45.8 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ބުނެފައެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ މި މަސައްކަތް 2026 ވަނަ އަހަރު ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.