ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ހުޅުދުއްފާރަށް ވަޑައިގެން ރަށު ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ހިތްހަަމަ ޖެހޭ މާހައުލެއްގައި ހޫނުގަދަ ރަށްރަށުގައި އޭސީކޮށް ފިނިކުރުމަކީ މުހިއްމު ކަމެއްކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާކަމަށެވެ. އަދި ކުދަކުދިން، ބެެލނިވެރިން ވެސް އެކަން ފާހަގަކުރައްވަކަން ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ ރާއްޖޭގެ ހުރިހާ ކްލާސްރޫމްތައް ފިނިކޮށްދިނުމަށް މަޝްރޫއެއް ފަށާފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން ފުރަތަަމަ ސަރުކާރުން އިސްކަން ދެނީ ސްކޫލްގެ ހުރިހާ ތަނެއް އޭސީ ކުރުމުގެ ބަދަލުގައި ކިޔަވައިދޭން ބޭނުންކުރާން ކްލާސްރޫމްތައް ފިނިކޮށްދޭން ކަމަަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ މަޝްރޫއު ކުރިއަށް ގެންދުމަށްޓަކައި އޭސީ ހަރުކުރުމާއި އެއަށް ބޭނުންވާ ހަކަތަ އިޔާދަކުރަނިވި ހަކަތައިގެ ތެރެއިން ، ސޯލާ ޕަވާގެ ތެރެއިން ފޯރުކޮށްދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ބޭރުގެ ދަރަނި ގިނަވެ އިގްތިސޯދީ ކަންކަން ހައްލުކުރަން ޖެހުމުގެ ސަބަބުން ވަރަށް ގިނަ މަޝަރޫއުތަކަށް އެންމެ އެދެވޭ ގޮތަށް ފައިސާ ނުދެވި ހުރިކަމަށް ފާހަގަކޮށް ރައީސް ޑރ.މުއިއްޒު ވިދާޅުވީ ހުޅުދުއްފާރު ސްކޫލްގެ 12 ކްލާސްރޫމް ހެދުމުގެ މަޝްރޫއު ކުރިއަށް އޮތް ދުވަސްތަކުގައި ކޮންޓްރެކްޓާއަށް މަސައްކަތް ކުރެވޭ ގޮތް ހަދައިދެއްވާނެ ކަމަށެވެ އެ މަސައްތް ނިމުމާއެކު ކްލާސްރޫމްގެ ޖާގައިގެ މައްސަލައަށް ހައްލު ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ހުޅުދުއްފާރު ސްކޫލްއަށް ބޭނުންވާ އެެހެނިހެން މުހިއްމު ކަންތައްތަކުގެ ތެރެއިން އިދާރީ ބޭނުންތަކާއި އޮފީސް ޖާގައިގެ ދަތިކަންވެސް ހުރި ކަން ފާހަގަކޮށް ރައީސް ވަނީ މިއަދު އެކަަމަށް އެޑިއުކޭޝަން މިނިސްޓާ ، ކައުންސިލް އަދި ސްކޫލްގެ އިދާރާއަކު މަޝްވަރާކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް 2 އަހަރު ތެރޭ ސްކޫލްގެ އެފަދަ މުހިއްމު ކަންކަމަށް ހައްލު ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަަމަށްވުމާއެކު ސްކޫލްތަކަށާއި ތައުލީމީ ދާއިރާއަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ކަންކަމާއި ތަރުތީބުކުރަން ޖެހޭ އެހެނިހެން ކަންކަމަށްވެސް ޖުމްލަގޮތެއްގައި ތައުލީމީ ނިޒާމަށް އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެެއްވާކަން ފާހަގަކުރެއްވިއެވެ. އަދި ހުޅުދުއްފާރު ހިމެނޭހެން އެކަންކަމުގައި ދެން ހުރި ރަށްރަށުގައި ވެސް މި ދެއަހަރު ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށް ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ އެކަންކަން ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ.