ads
ބީއެމްއެލް އިސްލާމިކް ބްރާންޗެއްގެ ގޮތުގައި ރީބްރޭންޑްކޮށް މިއަދު ހުޅުވި ބްރާންޗެއް.
ބީއެމްއެލްގެ ތިން ބްރާންޗެއް އިސްލާމިކަށް ރީބްރޭންޑްކޮށްފި
ތިން ރަށެއްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތައް، ބީއެމްއެލް އިސްލާމިކް އަށް ރީބްރޭންޑް ކޮށްފި އެވެ.
Advertisement

މިއަދަކީ ބީއެމްއެލްގެ އިސްލާމިކް ބޭންކިން ހިދުމަތްތައް ދެމުން އަންނަތާ 10 އަހަރު ފުރުނު ދުވަހެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި، ބީއެމްއެލް އިސްލާމިކް ގާއިމުކުރެވުނީއްސުރެ އިސްލާމިކް ބޭންކިން ހިދުމަތް ދެމުން އަންނަނީ ޝާރީއާއާ އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއި، ބީއެމްއެލް އިސްލާމިކްގެ ފަންޑު މުޅީން ވަކިކޮށް، އިސްލާމިކް ބޭންކިންގެ ދާއިރާގައި ބައިނަލްއަގުވާމީގޮތުން ބޭނުންކުރާ އެންމެ ރަނގަޅު މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

ބީއެމްއެލްއިން ބުނީ، ބޭންކުގެ ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން، އޭދަފުށި، މަހިބަދޫ އަދި ގަން ބްރާންޗްތައް މިހާރުން ފެށިގެން ބީއެމްއެލް އިސްލާމިކްގެ ބްރާންޗްތަކަކަށް ރީބްރޭންޑްކޮށް، އެ ބްރާންޗްތަކުން ހިދުމަތް ދެމުން ދާނީ އިސްލާމިކް ބޭންކިންގެ ހިދުމަތްތަކަށް އިސްކަންދީގެން ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އަތޮޅުތަކުގެ ބްރާންޗުތަކަށް ގެނައި ބަދަލަކީ ކަސްޓަމަރުންގެ އެދުމުގެ މަތިން ގެނެސްފައިވާ ބަދަލެއް ކަމަށެވެ. އަދި އިސްލާމިކް ބޭންކަކުން ލިބޭނެ ހުރިހާ ހިދުމަތްތަކެއް އެ ބްރާންޗްތަކުން ވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން، މި ބޭންކުން އެކައުންޓް، ކާޑު އަދި ފައިނޭންސިން ހިދުމަތްތައް ހިމެނޭހެން ހުރިހާ ހިދުމަތެއް ފޯރުކޮށްދެން. މި ބޭންކަކީ އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިން، ކޭޝް ފައިނޭންސިން، ހައިބްރިޑް ހޯމް ފައިނޭންސިން، އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފްކުރި ބޭންކް." އޭނާ ވިދާޅުވި އެވެ.

އޭނާ ވަނީ ރާއްޖޭގައި އިސްލާމީ ޝަރީއާގެ އުސޫލުން ކްރެޑިޓް ކާޑުގެ ހިދުމަތްދޭ ހަމައެކަނި ބެންކަކީ ބީއެމްއެލް އިސްލާމިކް ކަން ފާހަގަ ކުރައްވައިފަ އެވެ. 

ބައެއް ބްރާންޗުތަކަށް އަލަށް ގެނައި ބަދަލުން ދައްކުވައިދެނީ، ޝަރީފް ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވާފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ބޭންކުން ދޭ އަހަމިއްޔަތުކަމެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސާވިސް ބޭންކިން ސެންޓަރ، 150 އޭޓީއެމް އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް